އޮންލައިން ސްކޭމެއްގައި ޒުވާން ދެ ފިރިހެނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި

އޮންލައިން ސްކޭމެއްގައި ޒުވާން ދެ ފިރިހެނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
19 އޮގަސްޓް 2026 10:15
0

ސްކޭމްގެ މައްސަލައެއްގައި ޒުވާން ދެ ފިރިހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގއ. ފިޔޯރީ/ފައިން ބީޗު، އަބްޝަރު ރަޝީދު (23އ) އާއި ހއ. ހޯރަފުށި/ފައިންޕާކު، މުހައްމަދު ފަޒީލް (23އ) އެވެ. މީގެ ތެރެއިން ފަޒީލަކީ ކުށުގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށް ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

ދެ މީހުންނާ ދެކޮޅަށް ވެސް އެކަށީގެންވާ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައި ވީ ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ފުލުހުން މިދިޔަ ހަފްތާ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެންޓި ސްކޭމް ސެންޓަރަށް މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 3،000 އަށް އަރައި، އެ މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައި ވެއެވެ. މީގެ ތެރެއިން އަނބުރާ ހޯދިފައި ވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.