އަލަށް އުފެއްދި 5 ކުންފުންޏަށް އިތުރުވީ 156 މުވައްޒަފުން: ޒަރީރު

އަލަށް އުފެއްދި 5 ކުންފުންޏަށް އިތުރުވީ 156 މުވައްޒަފުން: ޒަރީރު

Author
އަހުމަދު
19 އޮގަސްޓް 2026 03:46
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ފަސް ކުންފުންޏެއް އަލަށް އުފައްދާފައިވާއިރު، އެ ކުންފުނިތަކަށް އިތުރުވެފައި ވަނީ 156 މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން އަލަށް އުފެއްދި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން، އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް އަދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ކަމަށެވެ.

މީގެ އިތުރުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފެއްދުމާ ގުޅިގެން، އެސްޓީއޯގެ ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި އޭރިއާގައި ކުރިން މަސައްކަތް ކުރަމުން ދިޔަ 733 މުވައްޒަފުން ސްޓޭޓް ފާމައަށް ބަދަލުކޮށްފައިވާ ކަމަށާއި، އެ މުވައްޒަފުންނާ އެކު އަލަށް އުފެއްދި ކުންފުނިތަކުގައި މިހާރު ޖުމުލަ 889 މުވައްޒަފުން ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.