އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރު ކޮށްފި

އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރު ކޮށްފި

Author
އަހުމަދު
19 އޮގަސްޓް 2026 10:18
0

ދިވެހި އިންޖިނިއަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދޭ "އިންޖިނިއަރސް އެވޯޑް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ދެން ލިބޭނީ މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ.

ޖުމުލަ 10 ގިންތިއަކުން ދޭ މި އެވޯޑުގެ ތެރޭގައި އިންޖިނިއަރ އޮފް ދަ އިޔަރ، ލައިފްޓައިމް އެޗީވްމަންޓް، ޔަންގް އިންޖިނިއަރ، ވިމެން އިން އިންޖިނިއަރިންގ، ސަސްޓެއިނަބިލިޓީ ޗެމްޕިއަން، ސްޓޫޑަންޓް އިނޮވޭޓަރ އަދި ކޮންޓްރެކްޓަރ އޮފް ދަ އިޔަރ ފަދަ ގިންތިތައް ހިމެނެއެވެ. ޔަންގް އިންޖިނިއަރ އެވޯޑަށް ކުރިމަތިލެވޭނީ ޢުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށާއި، އަދި ދައުލަތުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ 'އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު' ގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އެވޯޑަށް ނަން ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެވޯޑަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް އިވަލުއޭޓް ކުރުމަށް ހަމަޖެހިފައިވަނީ ޚާއްޞަކޮށް އެކުލަވާލެވޭ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.