ދަންވަރު ވަގުތީ އަމުރު ނެރުނު ގާޒީ އިހްސާން ސަސްޕެންޑްކޮށްފި

ދަންވަރު ވަގުތީ އަމުރު ނެރުނު ގާޒީ އިހްސާން ސަސްޕެންޑްކޮށްފި

Author
އަހުމަދު
19 އޮގަސްޓް 2026 10:07
0

ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި، އާންމު އުސޫލުން ބޭރުން ދަންވަރު ގަޑީގައި ވަގުތީ އަމުރެއް ނެރުއްވި ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން ބުނީ ގާޒީ އިހްސާން ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން، ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ ބޭނުމުގައި، ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

ދައުވާ ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަކާ ނުލައި، ދަންވަރު ގަޑީގައި ގާޒީ އިހްސާން ނެރުއްވި އެ އަމުރުގެ ދަށުން، ލެގޫންސް ކްލަބުގެ ބޭންކް އެކައުންޓްތައްވެސް ވަނީ ފްރީޒްކޮށްފައެވެ. މީގެ ކުރިންވެސް ސިވިލް ކޯޓުގެ މުވައްޒަފުންގެ ފަރާތުން ގާޒީ އިހްސާނާ ދެކޮޅަށް ޖޭއެސްސީއަށް ޝަކުވާތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.