މާލެއިން ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި އިސްލާމް ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ގާތްގަނޑަކަށް 10 އަހަރު ކުރިން ހިނގި މި ހާދިސާގައި، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި ނަމަވެސް، ދަށު ކޯޓުން މައްސަލަ ސާބިތެއް ނުވިއެވެ. އެ ހުކުމް އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅީ 2024 ވަނަ އަހަރުއެވެ.
ޓީޗަރުގެ ފަރާތުން ޗެލެންޖްކުރީ، ދަރިވަރުންގެ ގައިގައި އަތްލި ނަމަވެސް، އެއީ ޖިންސީ ނިޔަތެއްގައި ކުރި ކަމެއްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ދައުލަތުން ހެކީގެ ގޮތުގައި ދަރިވަރުންގެ ބަޔާންތަކާއި، މެޑިކަލް ރިޕޯޓްތަކާއި، ސްކޫލުގެ ލީޑިން ޓީޗަރު ހިމެނޭ ގޮތަށް ތަހުގީގު ރިޕޯޓްތައް ހުށަހެޅިއެވެ.
ފަނޑިޔާރު ހުސެއިން މަޒީރު، ހަސަން ޝަފީއު އަދި ފާތިމަތު ފަރުހީޒާގެ އިއްތިފާގުން ޓީޗަރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ކޮމެންޓު ފޮނުވާ