ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގެ ތެރެއިން ތިން ކިލޯއަށްވުރެ ގިނަ ކެނަބިސް، ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ، މިދިޔަ ހުކުރު ދުވަހު (އޮގަސްޓު 15) އަތުލައިގަނެފައިވަނީ ޖުމުލަ 3،252 ގުރާމުގެ ކެނަބިސް ކަމަށެވެ.
މި ތަކެތި ފެނިފައިވަނީ، ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕެކޭޖެއް ކަސްޓަމްސްއިން ބަލައި ފާސްކުރަމުން ދިޔައިރު، އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރެދާނެ ކަމަށް ޝައްކުވެގެން، އިތުރަށް ބެލި ބެލުމުގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ