މާލޭގެ ގެއެއްގައި ރޯވެ، ފުލުހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގައި ރޯވެ، ފުލުހަކަށް އަނިޔާވެއްޖެ

Author
އަހުމަދު
16 އޮގަސްޓް 2026 01:00
0

މާލެ، ބޮޑު ރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައިގޭގެ ހަތް ވަނަ ފަންގިފިލާގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:41 އެހާކަންހާއިރު ކަމަށާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އިތުރު މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.