ވަގު ސައިކަލަކާއެކު ހައްޔަރުކުރި މީހާ ބުނީ އެއީ މީހަކު ދިން އެއްޗެއް ކަމަށް

ވަގު ސައިކަލަކާއެކު ހައްޔަރުކުރި މީހާ ބުނީ އެއީ މީހަކު ދިން އެއްޗެއް ކަމަށް

Author
އަހުމަދު
06 އޮގަސްޓް 2026 08:54
0

ވަގަށް ނަގާފައިވާ ސައިކަލަކާއެކު މާލެއިން މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ކުރިކީލަ/މާލެ، އަހުމަދު ފާރިޝް (38އ) އެވެ. އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި، ފާރިޝްގެ އަތުން ވަގަށް ނަގާފައިވާ ސައިކަލެއް ފެނުނު ނަމަވެސް، އެއީ މީހަކު އޭނާއަށް ދިން ސައިކަލެއް ކަމަށާއި، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަން ނޭނގޭ ކަމަށް ފާރިޝް ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފާރިޝްއަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.