ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

Author
އަހުމަދު
04 އޮގަސްޓް 2026 09:36
0

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އިއްޔެ އަލުން ހުޅުވާލައިފި އެވެ.

މި ފުރުސަތު އަލުން ހުޅުވާލީ، މިވަގުތު އެ މަގާމުގައި ހުންނެވި އައިޝަތު ހަސަންގެ ދައުރުގެ މުއްދަތު ހަމަވާތީ އެވެ. އައިޝަތު އެ މަގާމަށް އައްޔަން ކުރެއްވީ 20 އޮގަސްޓު 2021 ގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެމްބީއެސްއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެކެވެ. އެ ގާނޫނުގައިވާ ގޮތުން ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ އާންމުކޮށް އިއުލާން ކޮށްގެން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.