ކަނޑުއޮތްގިރީގައި ހުޅުވި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

ކަނޑުއޮތްގިރީގައި ހުޅުވި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

Author
އަހުމަދު
27 ޖުލައި 2026 03:11
0

މާލެ ސަރަހައްދުގެ މަސްވެރިންނަށް ކަނޑުއޮތްގިރިން އައިސް ލިބޭނެ އިންތިޒާމު މިފްކޯއިން މިއަދު ހަމަޖައްސައިފިއެވެ.

މިފްކޯއިން ބުނީ ކަނޑުއޮތްގިރީގައި ހުޅުވާފައިވަނީ 25 ޓަނުގެ ކެޕޭސިޓީ ހުރި އައިސް ޕްލާންޓެއް ކަމަށާއި، މިއަދުން ފެށިގެން މަސްވެރިންނަށް އެ ތަނުން އައިސް ލިބޭނެ ކަމަށެވެ. މި ޚިދުމަތާއެކު މާލެ ސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އައިސް ހޯދުމުގައި ދިމާވަމުން އައި ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަނީ ކިލޯއެއް 0.75 ރުފިޔާގެ ރޭޓުންނެވެ. އެގޮތުން، ޓަނެއްގެ އައިސް ލިބޭނީ 750 ރުފިޔާއަށެވެ.

މިއީ މި މަހުގެ ތެރޭގައި ކަނޑުއޮތްގިރީގައި މިފްކޯއިން ދޭން ފެށި ދެވަނަ ޚިދުމަތެވެ. މީގެ ކުރިން، މި މަހުގެ ކުރީކޮޅު އެ ރަށުގައި ހިކިމަސް ފެކްޓަރީއެއް ވެސް އެ ކުންފުނިން ވަނީ ހުޅުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.