’އާޔާ' އިތުރަށް ތަރައްޤީކޮށް، ބީއެމްއެލްގެ ޚިދުމަތްތައް ހޯދުން ފަސޭހަކޮށްފި

’އާޔާ' އިތުރަށް ތަރައްޤީކޮށް، ބީއެމްއެލްގެ ޚިދުމަތްތައް ހޯދުން ފަސޭހަކޮށްފި

Author
އަހުމަދު
22 ޖުލައި 2026 10:43
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް އެސިސްޓަންޓް 'އާޔާ' އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތްތަކަށް ސީދާ 'އާޔާ' މެދުވެރިކޮށް އެދެވޭ ގޮތް ހަދައިފިއެވެ.

މި ބަދަލާއެކު، މޯބައިލް އެޕާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި މާ ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިހާރު ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް 'އާޔާ' އިން ސީދާ ޖަވާބުދީ، އަވަސް ހައްލެއް ފޯރުކޮށްދޭނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ސީދާ ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވެސް މިހާރު ލިބިގެންދާނެއެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، މި ބަދަލާ ގުޅިގެން މޯބައިލް ބޭންކިން އެޕާއި އިންޓަނެޓް ބޭންކިންގައި ކުރިން ބޭނުންކުރަމުން ގެންދިޔަ މެސެޖިން ފީޗާ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދެން މެދުކަނޑާލެވިގެންދާނެއެވެ. އޭގެ ބަދަލުގައި ހުރިހާ ބޭނުންތަކެއް ފުއްދާނީ 'އާޔާ' މެދުވެރިކޮށެވެ.

ބީއެމްއެލްއިން ބުނީ މިއީ ޑިޖިޓަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް އިތުބާރު ހުރި، ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.