ހެލިކޮޕްޓަރުގެ ހިދުމަތް ދޭން އަންނަ މަހު ސޮއިކުރަނީ

ހެލިކޮޕްޓަރުގެ ހިދުމަތް ދޭން އަންނަ މަހު ސޮއިކުރަނީ

Author
އަހުމަދު
22 ޖުލައި 2026 10:42
0

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހު ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން އެ ފަރާތަށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް އެއާއެކު ކުރިއަށްދާނެ ކަމަށެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން މި ފުރުސަތު ހުޅުވައިލީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. މި ހިދުމަތުގެ ދަށުން ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީތެރިވުމުގެ އިތުރުން، ޓޫރިޒަމްގެ ދާއިރާގައި ވިޔަފާރީގެ އުސޫލުން ފަސިންޖަރުން އުފުލުމަށްވެސް ހެލިކޮޕްޓަރު ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އެކި ތާރީހުތައް މީގެ ކުރިންވެސް މިނިސްޓްރީން ދެމުން އަންނައިރު، ސަރުކާރުގެ އަމާޒަކީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން މި ހިދުމަތް ރަސްމީކޮށް ފެށުމެވެ. މި ހިދުމަތް ދިނުމުގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.