ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

Author
އަހުމަދު
21 ޖުލައި 2026 02:34
0

ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެ މަގާމަށް ބޭފުޅަކު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގެ މުއްދަތު ހަމަވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޖޭއެސްސީން ބުނި ގޮތުގައި އެ މުއްދަތުގެ ތެރޭގައި ކުރިމަތިލެއްވީ 10 ބޭފުޅެކެވެ.

ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަފީގާ ނައީމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިސްމާއިލް ސާޖިދު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ ހޫދު މުހައްމަދު (ވަލުގެ، ގދ. މަޑަވެލި)، އަހުމަދު ރިފުއަތު (ސީޕިޔާގެ، ރ. މަޑުއްވަރި)، އާދަމް ޝަމީމު (މަލާޒު، ދ. މާއެނބޫދޫ)، އައިމިނަތު ނަޝްމީ ފަޒީލު (މ. ޒޭވަރު)، އާއިޝަތު ހިކްމާ (އަސްރަފީވިލާ، ސ. ހިތަދޫ)، މުހައްމަދު ނިޔާޒު (ނައިޓްރޯސް، މ. ރަތްމަންދޫ) އަދި މަރުޔަމް ޝަހާނާ (މ. މެދުރިޔާ) އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމްޖަދު މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.