ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

Author
އަހުމަދު
15 ޖުލައި 2026 12:07
0

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ ދެ ބޭފުޅެއްގެ ނަމެވެ. އެއީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި އަމީޒާގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުالله އެވެ.

މަޖިލީހުގެ އިގްތިޞާދީ ކޮމިޓީއަށް ދެ ބޭފުޅުން ޙާޒިރުކޮށް އިންޓަވިއު ކުރުމަށްފަހު މާކްސް ދިން އިރު، އަމީޒާއަށް 92 އިންސައްތަ ލިބިވަޑައިގެންފައިވާ އިރު، ޙަލީމަށް ލިބިވަޑައިގެންފައި ވަނީ 82 އިންސައްތައެވެ. ދެ ބޭފުޅުން ވެސް އެ މަގާމަށް ޤާބިލުކަމަށް ކޮމިޓީން ނިންމިއެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ވޯޓަށް އެއްސެވީ އަމީޒާގެ ނަމަށެވެ. އޭނާގެ ނަން ފާސްވެފައި ވަނީ 64 މެންބަރުންގެ ތާއީދާއެކުއެވެ. އަމީޒާގެ ނަން ފާސްވުމާއެކު، ޙަލީމްގެ ނަމަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވެސް ވިދާޅުވީ، ދެ ބޭފުޅުންނަކީ ވެސް އެ މަގާމަށް ޤާބިލު ދެ ބޭފުޅުން ކަމަށެވެ.

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.