މަގާމުން ވަކިކުރިތާ ދެ މަސް ފަހުން ނާޒިމް އެނބުރި މަޖިލީހަށް

މަގާމުން ވަކިކުރިތާ ދެ މަސް ފަހުން ނާޒިމް އެނބުރި މަޖިލީހަށް

Author
އަހުމަދު
14 ޖުލައި 2026 02:00
0

މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށްފަހު ރާއްޖެއިން ފުރައިވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް، ދެ މަސް ފަހުން މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެއްޖެއެވެ.

ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ނާޒިމް ރާއްޖެއިން ފުރައިވަޑައިގެން މެލޭޝިޔާއަށް ވަޑައިގަތީ 13 މޭގައެވެ. އެއީ މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކޮށް، ނައިބު ރައީސް ކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހެޅުމާ ގުޅިގެން، އެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހުއެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލަ ޕާލިމަންޓްރީ ގްރޫޕުން ހުށަހެޅީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ނާޒިމް ވަނީ ދޮގުކުރައްވާފައެވެ.

ރާއްޖެއިން ފުރައިވަޑައިގަތުމަށްފަހު މިއަދާ ހަމައަށް ނާޒިމް މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. މިއަދުގެ ޖަލްސާއަކީ އޭނާ މަގާމުން ވަކިކުރެއްވި ފަހުން މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.