މެސީ މުބާރާތުން ގެއްލިގެންދިޔަ ނުދިނުމަށް މިސްރު ބަލިކުރީ ނާއިންސާފުން: މިސްރުގެ ކޯޗު

މެސީ މުބާރާތުން ގެއްލިގެންދިޔަ ނުދިނުމަށް މިސްރު ބަލިކުރީ ނާއިންސާފުން: މިސްރުގެ ކޯޗު

Author
އަހުމަދު
08 ޖުލައި 2026 09:15
0

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާ އަތުން 3-2 އިން މިސްރު ބަލިވި މެޗަށްފަހު، މިސްރުގެ ކޯޗު ހުސާމް ހަސަން ރެފްރީއަށާއި މުޅި މުބާރާތުގެ އިންތިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސާމް ބުނީ، މިސްރަށް ކުރިމަތިވީ "ނާއިންސާފު ބައްޔެއް" ކަމަށާއި، މިކަން މިހެން ދިމާވީ ލިއޮނަލް މެސީ އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގައި ބޭއްވުމަށްޓަކައި ކަމަށެވެ.

"ދުނިޔޭގެ ޗެމްޕިއަނުންނަށް ހުރިހާ ފަރާތަކުންވެސް، މާކެޓިންގެ ގޮތުންވެސް އެހީތެރިކަން ދެއެވެ. އެ ފަރާތްތަކުން ބޭނުންވަނީ ކުރީގެ ޗެމްޕިއަނުން މުބާރާތުގައި ދެމިތިބެން. މެސީ ބަހައްޓަން،" ފްރާންސްގެ ރެފްރީ ފްރާންސުއާ ލެޓެކްސިއޭގެ ނިންމުންތަކަށް އިޝާރާތްކޮށް ހުސާމް ބުންޏެވެ.

ތާރީޚީ ކާމިޔާބީއަކާ ގާތަށް ޖެހިލި މި މެޗުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. 15 ވަނަ މިނެޓުގައި ޔާސިރު އިބްރާހީމް ޖެހި ލަނޑާއެކު ލީޑު ނަގައި، 67 ވަނަ މިނެޓުގައި މުސްތަފާ ޒީކޯ ޖެހި ލަނޑުން ލީޑު ފުޅާކުރިއެވެ. ނަމަވެސް މެޗުގެ ފަހު 11 މިނެޓުގެ ތެރޭގައި ކްރިސްޓިއަން ރޮމޭރޯ އާއި މެސީގެ އިތުރުން އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުތަކުން އާޖެންޓީނާ މެޗު އަނބުރާލިއެވެ.

އާޖެންޓީނާގެ ތިންވަނަ ލަނޑު ޖެހުމުގެ ކުރިން، އެ ޓީމުގެ އޭރިއާ ތެރެއިން ކުޅުންތެރިއަކު މުހައްމަދު ސަލާހުގެ ފަޔަށް އެރި ނަމަވެސް، ރެފްރީ ޕެނަލްޓީއެއް ނުދިނުމުން މިސްރުގެ ޝަކުވާތައް އިތުރަށް ބޮޑުވިއެވެ. އުފެދުނު ފުރުސަތުގައި ކުޅުން ކުރިއަށް ގެންގޮސް އާޖެންޓީނާއިން ވަނީ ލަނޑު ޖަހާފައެވެ.

މެޗު ނިމުމުން ކަރުނަ އަޅަމުން ވާހަކަދެއްކި މިސްރުގެ ފޯވާޑް މުސްތަފާ ޒީކޯ ބުނީ، ރެފްރީ ވަނީ މުޅި ގައުމެއްގެ ބުރަ މަސައްކަތް ބޭކާރުކޮށްލާފައި ކަމަށާއި، މުޅި މުބާރާތަކީ ވަކި ބަޔަކަށް ކާމިޔާބު ކޮށްދިނުމަށް "ޑައިރެކްޓް" ކޮށްފައިވާ މުބާރާތެއް ކަމަށެވެ.

މި މޮޅާއެކު އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރި އިރު، އަންނަ އާދީއްތަ ދުވަހު ކެނެޑާގެ ވެންކޫވަރުގައި ސްވިޒަލެންޑާ ދެކޮޅަށް އެ ޓީމު ނުކުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.