ސައިކަލެއްގެ މަޑިދަށުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހައްޔަރަށް

ސައިކަލެއްގެ މަޑިދަށުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހައްޔަރަށް

Author
އަހުމަދު
08 ޖުލައި 2026 09:12
0

ސައިކަލެއްގެ މަޑިދަށުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޅ.ހިންނަވަރު/ފެހިވިލު، އަބްދުﷲ ހައުޒާން (34އ) ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައި ބުނެފައިވެއެވެ. އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ހައުޒާން ވަނީ މި މައްސަލައިގައި ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލޭ ވޯޓާ ތީމް ޕާކް ސައިޓް ތެރެއަށް ހުއްދަ ނެތި ވަދެގެން ހިންގި މައްސަލައިގައި މިދިޔަ އަހަރު ހަތަރު މަހަށް ޖަލަށްލުމަށް ވެސް ހައުޒާންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.