ވޯލްޑް ކަޕް 2026: މޫސުން ގޯސްވުމުގެ ސަބަބުން އިންގްލޭންޑާއި މެކްސިކޯ ކުޅޭ މެޗު ފަސްކުރަން ޖެހިދާނެކަމުގެ ބިރު

ވޯލްޑް ކަޕް 2026: މޫސުން ގޯސްވުމުގެ ސަބަބުން އިންގްލޭންޑާއި މެކްސިކޯ ކުޅޭ މެޗު ފަސްކުރަން ޖެހިދާނެކަމުގެ ބިރު

Author
އަހުމަދު
05 ޖުލައި 2026 08:00
0

ފީފާ ވޯލްޑްކަޕްގައި މިރޭ އިންގްލޭންޑާއި މެކްސިކޯ ބައްދަލުކުރާ މެޗު، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރަން ޖެހިދާނެކަމުގެ ބިރު އުފެދިއްޖެއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކަނޑުގެ ލޮނުގަނޑަށްވުރެ ގާތްގަނޑަކަށް 2،200 މީޓަރު މަތީގައި އޮންނަ މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާ ދަނޑުގައެވެ. މިއީ ފަހުގެ ތާރީޚެއްގައި މެކްސިކޯއިން ބަލިވެފައިނުވާ، އެ ޓީމަށް ވަރަށް ކާމިޔާބު ދަނޑެކެވެ.

މެޗު ކުޅޭ ސަރަހައްދުގެ މޫސުން ގޯސްވެދާނެކަމުގެ ވާހަކަތައް އާންމުވެފައިވާއިރު، ބީބީސީގެ މޫސުމާބެހޭ މާހިރު ސައިމަން ކިންގް ވިދާޅުވި ގޮތުގައި މެޗު ކުޅޭ ވަގުތު ފިނިހޫނުމިން 17-20 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، މެޗު ފެށޭ ގަޑީގައި ބޯކޮށް ވާރޭވެހި ހޮނުއެޅުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ފީފާގެ ގަވާއިދުތައް ބުނާގޮތުން، ސްޓޭޑިއަމް ކައިރި ސަރަހައްދަކަށް ހޮނުއަޅައިފިނަމަ މެޗު ފަސްކުރަން ނުވަތަ މެޗު ކުޅެމުންދާ ވަގުތެއްނަމަ ކުޅުން ހުއްޓާލަން ޖެހޭނެއެވެ. މެޗު ފެށެން ކައިރިވެފައިވަނިކޮށް ހޮނުއަޅާނަމަ މެޗު ފަސްކުރުމުގެ ފުރުސަތު ބޮޑު ނަމަވެސް، މިކަމާ ގުޅޭގޮތުން ފީފާއިން އަދި ރަސްމީކޮށް ވަކި ގޮތެއް ނިންމައި އިއުލާނުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.