ސަފާރީ ކޭސް: ޖިންސީ ޝިކާރައަކަށްވި އަންހެންމީހާގެ ބަޔާން ބަދަލުކުރިކަމުގެ ތުހުމަތު ފުލުުހުންނަށް

ސަފާރީ ކޭސް: ޖިންސީ ޝިކާރައަކަށްވި އަންހެންމީހާގެ ބަޔާން ބަދަލުކުރިކަމުގެ ތުހުމަތު ފުލުުހުންނަށް

Author
މުޙައްމަދު ޖިމީ
12 އޮކްޓޯބަރ 2020 08:13
0

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ފުލުހުން ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއް ޢާންމުވެއްޖެއެވެ.

ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އޭރު އަމާޒުވިއެވެ. ސަބަބަކީ އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި އެމައްސަލަ ވަކިކޮޅެއގައި ނުޖެހި ކުއްލިއަކަށް ހުއްޓިފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.

މި ރޭޕްގެ ޝިކާރައަކަށްވި ކެންޔާ އަންހެމީހާގެ ޤާނޫނީ ޓީމުން ޢާންމުކުރި ވީޑިއޯގައި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ އިންވެސްޓިގޭޝަން އޮފިސަރު އިތުރު މީހަކާއިއެކު އެމައްސަލައިގެ ބަޔާނަށް އުނިއިތުރުކަން ގެނެސް ބަދަލު ކުރުމަށް މަޝްވަރާ ކުރެއެވެ. އެގޮތުން އުނިއިތުރު ގެންނަވީ ކޮންތަންތަނަކަށްތޯ ކޮންބަޔަކަށްތޯ ސުވާލު ކުރާ އަޑުއިވެއެވެ. އަދި ލޯޔަރުން އެމައްސަލަ ލަސްވެގެން ރުޅިގަދަވެފައިވާކަމަށް ފުލުސް މީހަކު ބުނުމުން އެއީ މައްސަލައަކަށް ނުވާނެތޯ އިތުރު ފުލުހަކު ސުވާލުކުރާ އަޑުއިވެއެވެ.

 

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެންމީހާގެ ވަކީލު އަލްއުސްތާޛާ ޝަފިއްޔާ ރިޒާ އެވީޑިއޯއާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވި މީހާއަށާއި، އޭނާގެ ވަކީލުންނަށް ފުލުހުންގެ ތަހުޤީޤު އޮފިސަރުން މަލާމާތްކޮށް އެމައްސަލއިގެ ބަޔާން ބަދަލުކުރުމާމެދު މަޝްވަރާކުރާ އެ ވީޑިޔޯއިން ފުލުހުންގެ ނިޔަތް ވަރަށް ސާފުކަމަށެވެ.

ފުލުހުންގެގެ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާ މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށްވެސް ހުށައަޅުއްވާނެކަމަށް ރޭޕްގެ ޝިކާރައަކާށްވި ކެންޔާ އަންހެންމީހާގެ ވަކީލު ވިދާޅުވިއެވެ. އޭނާވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ޓެގްކުރައްވާ މިކަމުގަި އިންސާފާއި އަދުލުވެރިކަން ޤާއިމްކޮށްދިނުމަށް ގޮވާލައްވާފައެވެ.

 

މިމައްސަލައާއި ގުޅިގެން ފުލުހުންނާއި ސުވާލުކުރުމުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރެވޭވަރަށް ތަހުގީގަށް ކުރިއެރުން ލިބިފައިވާކަމަށް މިއަހަރުގެ ޖުލައި މަހު ފުލުހުން ވިދާޅުވިނަމަވެސް ދައުވާ ކުރަން ފޮނުވިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުގެ އުމުރުން 27 އަހަރުގެ ކެންޔާގެ އަންހެން މީހަކަށް ޖިންސީ ގޯނާކޮށްގެން ފުލުހުންނަށް ރިޕޯޓްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުނުކޮށް، ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނާ ހަމައިން ދޫކޮށްލީ ސިޔާސީ ނުފޫޒާ ހެދި ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.