މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ޔުއިން

މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ޔުއިން

Author
އަހުމަދު
26 ޖޫން 2026 11:49
0

އަންނަ ނޮވެމްބަރު މަހު ޕޯޓެރިކޯގައި ބާއްވާ 75 ވަނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް، އުމުރުން 22 އަހަރުގެ އާމިނަތު ޔުއިން މުހައްމަދު ހޮވިއްޖެއެވެ.

ޓިކްޓޮކް މެދުވެރިކޮށް އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޔުއިން މޮޑެލިންގެ ދާއިރާއަށް ނުކުމެފައިވަނީ، އަމިއްލަ ފަރާތަކުން ދާދި ފަހުން ރާއްޖޭގައި ބޭއްވި ބްރައިޑް ފެއާއެއްގެ ތެރެއިންނެވެ. ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ މިސް ޔުނިވާސްގައި މިއަހަރު 130 އަށްވުރެ ގިނަ ގައުމުން ވާދަކުރާނެކަމަށް ލަފާކުރެވޭއިރު، މިއީ މި މުބާރާތުގައި ދިވެއްސަކު ވާދަކުރާ ދެވަނަ ފަހަރެވެ.

މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖޭގެ ފަރާތުން މަރިޔަމް ޝައިނާ ނަސީމް މި މުބާރާތުގައި ބައިވެރިވުމާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މުސްލިމް ގައުމަކަށް ވުމާއެކު، ދިވެހިންގެ ދީނާއި ސަގާފަތާ ނުގުޅޭ މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި، އެއީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ކުރާ ކަމެއް ނޫންކަމަށް އޭރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެފަދަ ކަންކަން ހުއްޓާލުމަށްވެސް ސަރުކާރުން އޭރު ގޮވާލާފައިވެއެވެ.

120 ގައުމަކާއެކު ނިމިދިޔަ އަހަރު ތައިލެންޑުގައި ބޭއްވި މިސް ޔުނިވާސް މުބާރާތުގެ ތާޖު ހާސިލްކޮށްފައިވަނީ މެކްސިކޯއަށް ނިސްބަތްވާ ފާތިމާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.