ޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

Author
އަހުމަދު
23 ޖޫން 2026 01:32
0

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ކޯޓުން މި ހުކުމް އިއްވާފައިވަނީ ށ. މިލަންދޫ، ސުނީތާހައުސް، އުމުރުން 37 އަހަރުގެ ޢަލީ އިބްރާޙިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް އައިސްފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައަކީ 2023 ޖަނަވަރީ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި، ތަޙުޤީޤު ނިންމުމަށްފަހު ދައުވާކުރުމަށް 2023 މާރިޗު 13 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައެކެވެ. ފުލުހުން ބުނި ގޮތުގައި މިއީ ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ކާމިޔާބީއެކެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.