ކިލޯއަކަށްވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި ކެޔޮދޫ ޒުވާނަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި ކެޔޮދޫ ޒުވާނަކު ހައްޔަރުކޮށްފި

Author
އަހުމަދު
21 ޖޫން 2026 10:22
0

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިންއެވެ. އޭނާ އަތުލައިގަނެފައިވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްއިން ފޯރުކޮށްދިން މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މިއީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްގެ އިތުރުން ވ. އަތޮޅު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފައުޒާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.