ބީއެމްއެލްގެ ޑޮލަރު ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުއިތަކެއް ދެނީ

ބީއެމްއެލްގެ ޑޮލަރު ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުއިތަކެއް ދެނީ

Author
އަހުމަދު
18 ޖޫން 2026 10:37
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުއިތަކެއް ދޭން އެ ބޭންކުން ނިންމައިފިއެވެ.

މި ބަދަލާއެކު، ކަސްޓަމަރުންނަށް މި ލުއިތަކުގެ ފައިދާ މި މަސް ނިމުމުގެ ކުރިން ފެންނަން ފަށާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބޭންކުން މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ބޭރު ގައުމުތަކުގައި ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. އަދި ބޭސްފަރުވާއާއި، ތައުލީމާއި، އެއާލައިން ޓިކެޓްގެ އިތުރުން ހޮޓާ ބުކިން ފަދަ ކަންކަމަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ކަސްޓަމަރުންނަށް ލިބެއެވެ. ބީއެމްއެލްއިން އިތުރަށް ފާހަގަކުރި ގޮތުގައި، ޒަރޫރީ ބޭނުންތަކަށް ފައިސާ ފޮނުވުމުގައި ދަތިވާ ފަރާތްތަކަށް އެ ބޭންކުން ކުރިއަށް އޮތް ތަނުގައިވެސް އިތުރު އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.