ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅި، އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފި

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅި، އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފި

Author
އަހުމަދު
15 ޖޫން 2026 11:16
0

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ، އެ ސަރަހައްދު ސާފުކޮށް ނިމެންދެން އެއްވެސް ފަރާތަކުން މޫދަށް ނޭރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅެން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް އެންމެ ބޮޑަށް ލަފާކުރެވެނީ، ކަނޑުގެ ސަރަހައްދަށް އެޅިފައި ހުރި ތެޔޮތަކެއް އޮޔާއެކު ރަސްފަންނު ސަރަހައްދަށް ޖަމާވީ ކަމަށެވެ. މީގެ ކުރިންވެސް ރަސްފަންނު މޫދަށް ތެޔޮ އެޅިގެން، އެ ސަރަހައްދު ބަންދުކޮށް ސާފުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމަށްފަހު، މިދިޔަ ހުކުރު ދުވަހު އަލުން އާންމުންނަށް ހުޅުވާލާފައި ވަނިކޮށެވެ. ސިޓީ ކައުންސިލުން މިހާރު ދަނީ އެ ސަރަހައްދު ސާފުކޮށް، އާންމުންނަށް ރައްކާތެރި މާހައުލަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.