ބޯކޮށް ވާރޭވެހި ނ. މާފަރުގެ 10 ގެއަކަށް ފެންވަދެއްޖެ

ބޯކޮށް ވާރޭވެހި ނ. މާފަރުގެ 10 ގެއަކަށް ފެންވަދެއްޖެ

Author
އަހުމަދު
13 ޖޫން 2026 12:55
0

ރޭ ކުރި ގަދަ ވިއްސާރައިގެ ސަބަބުން ނ. މާފަރުގައި ފެންބޮޑުވެ، އެރަށުގެ 10 ގެއަކަށް ފެންވަދެއްޖެއެވެ.

ރަށުތެރޭގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށުގެ މުއައްސަސާތައް ގުޅިގެން ވަނީ ކޮށްފައެވެ. އެގޮތުން ޕަންޕު ބޭނުންކޮށްގެންނާއި ކޯރުކަނޑައިގެން ފެން ހިންދާފައިވާއިރު، ގޭގެއަށް އިތުރަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތަކުގައި 130 އެއްހާ ވެލިބަސްތާ ވަނީ ޖަހާފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމަށް ކުރި މި މަސައްކަތް އިއްޔެ ހަވީރު 15:35 އިން ފެށިގެން ރޭ ދަންވަރު 00:15 އާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހިފައެއް ނުވެއެވެ. އަދި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު "ޑާލާ" ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ މާފަރު ކައުންސިލަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.