ހިނގާލުމަކާއެކު ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕޭން ނިންމާލައިފި

ހިނގާލުމަކާއެކު ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕޭން ނިންމާލައިފި

Author
އަހުމަދު
11 ޖޫން 2026 11:28
0

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން، މާލޭގައި ބޭއްވި ފޯރިގަދަ ބޮޑު ހިނގާލުމަކާއެކު މިރޭ ނިންމާލައިފިއެވެ.

ރަސްފަންނު ސަރަހައްދުން ފެށި މި ހަރަކާތުގައި އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އާންމު ސަޕޯޓަރުންގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި، އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ފަދަ ޕާޓީގެ އިސް ބޭފުޅުންވެސް މި ހިނގާލުމުގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހިނގާލުން ނިންމާލުމަށްފަހު ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ، އެމްޑީޕީގެ ރީނދޫ ލަޝްކަރު ނުކުމެ މިހާރު އޮތީ ރުކުރުވާލެވިފައި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ މިރޭވެސް ތަކުރާރުކުރައްވާފައެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަން ކަމަށް ނަޝީދާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:30 އާ ހަމައަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.