ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ޚާއްޞަ 'ކާމް ރޫމެއް' ގާއިމުކޮށްފި

ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވީއައިއޭގައި ޚާއްޞަ 'ކާމް ރޫމެއް' ގާއިމުކޮށްފި

Author
އަހުމަދު
07 ޖޫން 2026 08:45
0

ބޭރުފުށުން ނުފެންނަ ނުކުޅެދުންތެރިކަން (ނަން-ވިޒިބަލް ޑިސްއެބިލިޓީސް) ހުންނަ ފަސިންޖަރުންނަށް ޚާއްޞަކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި 'ކާމް ރޫމް' އެއް މިއަދު ހުޅުވައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖުތިމާއީ ޒިންމާގެ މަސައްކަތްތަކުގެ ދަށުން ތަޢާރަފުކުރި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. "ބޮލި" ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ އެއާޕޯޓުތަކުގައި ވެސް ދެމުން އަންނަ ފެންވަރުގެ މުހިންމު ޚިދުމަތެކެވެ.

އެމްއޭސީއެލްއިން މަޢުލޫމާތު ދޭގޮތުގައި މި ކާމް ރޫމަކީ އެއާޕޯޓުގެ ކާރޫބާރު ބޮޑު މާހައުލުގެ ސަބަބުން ފަސިންޖަރުންނަށް އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި ސެންސަރީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ. މިތަނުގައި އެފަދަ ފަރާތްތަކާ ގުޅޭ ތަފާތު ސެންސަރީ އައިޓަމްތަކާއި ހަރަކާތްތައް ހިމަނާފައިވާއިރު، ފަސިންޖަރާއެކު އަންނަ އެއް ބެލެނިވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ނަން-ވިޒިބަލް ޑިސްއެބިލިޓީސްއަކީ އިންސާނާގެ ދިރިއުޅުމަށާއި، މުއާމަލާތްކުރުމަށާއި، ވަށައިގެންވާ މާހައުލު ދެނެގަތުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ، ނަމަވެސް ބޭރުފުށުން ފާހަގަނުކުރެވޭ ނުކުޅެދުންތެރިކަމުގެ ބާވަތްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.