އަމިއްލަ ޚަރަދުގައި ވޯލްޑް ކަޕް މެޗުތައް ބޮޑު ސްކްރީނުގައި އެޅުވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދީފި

އަމިއްލަ ޚަރަދުގައި ވޯލްޑް ކަޕް މެޗުތައް ބޮޑު ސްކްރީނުގައި އެޅުވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދީފި

Author
އަހުމަދު
03 ޖޫން 2026 03:12
0

މިއަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކުން ބޮޑު ސްކްރީން ބެހެއްޓުމުގެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އަމިއްލަ ހަރަދުގައި ސްކްރީންތައް ބަހައްޓައިގެން މެޗުތައް އެޅުވުމަށް ގިނަ ބަޔަކު ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަމިއްލަ ހަރަދުގައި މިކަން ކުރަން ބަޔަކު ތިބިނަމަ އެކަމަށް ހުއްދަ ދިނުމަށް ކައުންސިލަރުން ދެކޮޅެއް ނަހަދައެވެ. މިގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ނަމަވެސް މި ހުއްދަ ދޫކުރުމުގައި ކައުންސިލުން ވަނީ މުހިންމު ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި، ހަމައެކަނި ޕްރޮޖެކްޓަރެއް އަޅުވައިގެން ތިބުމުގެ ބަދަލުގައި ފުރިހަމަ ފުޓުބޯޅަ އީދެއްގެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި މެޗުތައް ދައްކާ ގަޑިތަކުގެ ގޮތުން އެ ސަރަހައްދެއްގައި ދިރިއުޅޭ އާންމުންނަށް އުނދަގޫ ނުވާނެހެން ކަންކަން ރޭވުމަށާއި، ބިދޭސީން ހިމެނޭހެން ގިނަ ބަޔަކު އެއްތަނަކަށް ޖަމާވުމުން އުފެދިދާނެ ދަތިތަކަށް ހައްލު ލިބޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކައުންސިލަރުން ވަނީ އިރުޝާދު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.