ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވަނީ 941 ގްރާމްގެ މެތައެމްފެޓަމިންއެވެ. މިއީ "ޕާޓީ ޑްރަގްސް"ގެ ގޮތުގައި ގިންތިކުރެވިފައިވާ، އޭގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބޭ ބާރުގަދަ ބާވަތެކެވެ. ފަހަކަށް އައިސް ރާއްޖެއަށް މިފަދަ ޕާޓީ ޑްރަގްސް އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ. މިތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ