ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލައި، ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލައި، ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

Author
އަހުމަދު
01 ޖޫން 2026 04:31
0

ކުޅިވަރު ކުޅޭ މައިދާންތަކުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ބަންގި ގޮވާ ވަގުތުތަކުގައި ކުޅިވަރުތައް މެދުކަނޑާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، ދިވެހިންނަކީ އިސްލާމްދީނުގެ ހަމަތަކަށް އަމަލީގޮތުން ތަބާވާ ބަޔަކަށް ވާންޖެހޭނެއެވެ. އެހެންކަމުން، ނަމާދު ވަގުތު ފާއިތުވެގެންދާއިރު ކުޅިވަރުގައި މަޝްއޫލުވެ ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ކުޅިވަރާ ބެހޭ ވުޒާރާއިން އަލަށް އިމާރާތްކުރާ ހުރިހާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު މައިދާންތަކުގައި ވުޟޫކުރެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ނަމާދުކުރެވޭނެ ޚާއްޞަ ޖާގަތައް ގާއިމުކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތަކަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލުމަށް އުސޫލުތަކަށް ބަދަލު ގެންނަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއެކު، މުޖުތަމައުގެ ކަންކަން ބިނާވާންޖެހޭނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިކަންކަން ތަންފީޒުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.