ކ. ގަލުފަޅު ކައިރިން މިއަދު ހެނދުނު ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލި ދޯނީގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ތަހުގީގުގެ ތެރެއިން އެކްސިޑެންޓުވި އުޅަނދަކީ ސަޕްލައި ދޯންޏެއްކަން މިހާރު ވަނީ ދެނެގަނެވިފައެވެ. އަދި އެކްސިޑެންޓަށްފަހު އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ސީރިއަސްކޮށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މިއަދު ހެނދުނު 6:30 ހާއިރު ހިނގި މި ހާދިސާގައި އެކްސިޑެންޓުވެފައިވަނީ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗަކާއެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓު ހިނގި ވަގުތު ލޯންޗުގައި ތިބީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެމީހުންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
ކޮމެންޓު ފޮނުވާ