މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މިރޭ މާލެ ސަރަހައްދުގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ މިރޭ 9:45 އާއި 10:15 އާ ދެމެދުގެ ވަގުތެއްގައި ވިލިމާލެއާ ދިމާ ބޭރުންނެވެ. އަދި މި ހަރަކާތް ގާތްގަނޑަކަށް 5 ވަރަކަށް މިނިޓަށް ކުރިއަށް ދާނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މިއީ ޢީދުގެ އުފާވެރިކަމުގައި އާންމުންނަށް ހިތްހަމަޖެހުން ގެނެސްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ