ދެ ޤާޟީއެއްގެ ސުލޫކީ މައްސަލަ ބަލަން ފަށައިފި

ދެ ޤާޟީއެއްގެ ސުލޫކީ މައްސަލަ ބަލަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 04:16
0

ދެ ގާޟީއެއްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

މަރިޔަމް ވަހީދު އާއި ސަމީރު އަށް ތުހުމަތުވާ މި މައްސަލަތައް ބަލަން ޖޭއެސްސީން ނިންމާފައި ވަނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ތަންފީޛު ޤަޟިއްޔާއެއްގައި ހިމެނޭ މަޞްމަކާ އެޤަޟިއްޔާއާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން މުޢާމަލާތުކޮށް، ޙުކުމް ތަންފީޛް މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް އެ ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ އަކާއި، ކްރިިމިނަލް ކޯޓުގެ ޤާޟީއެއްގެ މައްސަލައެއްވެ.

ކްރިިމިނަލް ކޯޓުގެ ޤާޟީ މުޙައްމަދު ސަމީރާއި ގުޅޭގޮތުން ބަލަމުންދަނީ އެކޯޓުގެ ޝަރީޢަތުގެ އަޑުއެހުމެއްގައި، ޤާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުޞަތު ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންނަށް ނުލިބޭފަދަ ގޮތަކަށް ޢަމަލުކުރައްވައި، ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި އެކަށީގެންނުވާގޮތަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރު ޢަމަލުތައް ބެހެއްޓިކަމަށް ބުނާ މައްސަލައާއި، މި ޤަޟިއްޔާގެ އެހެން އަޑުއެހުމެއްގައި ދަޢުވާލިބޭ ފަރާތުގެ ޤަނޫނީ ވަކީލުން، މި ކުށްވެރިކުރާފަދަ ގޮތަކަށް ވާހަކަދައްކައި އަދި އެ ވަކީލުންނާ މެދު ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ މުޙައްމަދު ސަމީރު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.