ގައުމީ ދާރުލްއާސާރު ތަރައްގީކުރަން ޗައިނާގެ އެހީ ހަމަޖެހިއްޖެ

ގައުމީ ދާރުލްއާސާރު ތަރައްގީކުރަން ޗައިނާގެ އެހީ ހަމަޖެހިއްޖެ

Author
އަހުމަދު
01 ޖުލައި 2026 10:29
0

ރާއްޖޭގެ ގައުމީ ދާރުލްއާސާރު އިތުރަށް ތަރައްގީކޮށް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ޗައިނާ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އާސާރީ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މިންކޮށް ދަރަޖަކުރުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ނަމަވެސް ޗައިނާގެ އެހީއާއެކު ދާރުލްއާސާރަށް ގެނެވޭ ކުރިއެރުންތަކުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފަންޑު މިހާރު ހަމަޖެހިފައިވުމާއެކު، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.

މިހާރުވެސް ދާރުލްއާސާރުގައި 7،000 އަށްވުރެ ގިނަ އާސާރީ ތަކެތި ރައްކާކުރެވިފައިވާއިރު، އާންމުންނަށް ޑިސްޕްލޭކޮށްފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 600 އެއްހާ ތަކެއްޗެވެ. މީގެ ތެރޭގައި 1،500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ ގޮތުން މުހިންމު ތަކެތި ހިމެނޭކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގައުމީ ދާރުލްއާސާރު ހިންގަމުންދާ އިމާރާތަކީވެސް މީގެ ކުރިން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކޮށްފައިވާ ތަނެކެވެ. އެ އިމާރާތް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރީ 10 ޖުލައި 2010 ގައެވެ. އަދި އާންމުކޮށް ހުޅުވާލީ ހަމަ އެ އަހަރުގެ މިނިވަން ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.