މިމަހު 9 ގެ ފަހުން ގއ.އަތޮޅުފެރީން ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެދިއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ 9 ޖަނަވަރީ 2021 ވަނަ ދުވަހު ގއ އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4″ އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދޭކަމަށެވެ. އަދި މިމުއްދަތުގައި އެ ފެރީން ދަތުރުކޮށްފައިވާ އެންމެން މިމަހުގެ23 ގެ ނިޔަލަށް ކަރަންޓީނުވެ ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
?9 ޖަނަވަރީ 2021 ވަނަ ދުވަހު ގއ އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދެން
?އަދި 23 ޖަނަވަރީ 2021 ވަންދެން ކަރަންޓީނުވެ ތިބުމަށް އަންގަން pic.twitter.com/C0qpPc8wVX— Health Protection Agency (@HPA_MV) January 14, 2021
ގއ.ދެއްވަދޫގައި ކޯވިޑުގެ ނުރައްކާބޮޑުވެ އަތޮޅުގެ އެހެންރަށްތަކަށް ބަލި ފެތުރި، މިއަދު ވަނީ ގއ.އަތޮޅުގެ ވެރިކަން ކުރާ ރަށް ވިލިގިއްޔާއި، ދާންދޫ މޮނިޓަރިންއަށް ލަފައެވެ.
ކޮމެންޓު ފޮނުވާ