އިސްލާމީ އުއްމަތުގެ އިސްވެރިންނަށް ރައީސް ޑރ. މުޢިއްޒު އަޟްޙާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ އުއްމަތުގެ އިސްވެރިންނަށް ރައީސް ޑރ. މުޢިއްޒު އަޟްޙާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

Author
އަހުމަދު
27 މެއި 2026 01:20
0

1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މި މެސެޖުތަކުގައި، މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ ފޮނުއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުތަކުގެ ވެރިންނަށާއި އަޚްވަންތަ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

މި މަތިވެރި ޢީދަކީ މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި، އަޅާލުމާއި، ޤުރުބާނީގެ މަތިވެރި ސިފަތައް އާލާކޮށް، މުސްލިމު އުއްމަތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަން އެމަނިކުފާނުގެ މެސެޖުގައި ސިފަކުރައްވާފައިވެއެވެ. މީގެ އިތުރުން، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ އެންމެހާ ޙައްޖާޖީންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން، މުޅި ދުނިޔޭގެ އެންމެހާ މުސްލިމުންނަށް އަމާންކަމާއި ރައްކާތެރިކަން މިންވަރުކުރެއްވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.