ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މި ދަތުރުފުޅު ކަށަވަރުކޮށްދެއްވި ނަމަވެސް، މި ދަތުރުފުޅަށް ހޭދަވާނެ މުއްދަތަކާއި، އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އެއްވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. ބޮޑު އީދު ބަންދުގެ ތެރޭގައި ރައީސް ސިންގަޕޫރަށް ވަޑައިގެންނެވިއިރު، މީގެ ކުރިންވެސް އެމަނިކުފާނު ވަނީ އެކި ފަހަރުމަތިން އެ ޤައުމަށް ވަޑައިގެންފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފުރަމާނަ ދަތުރުފުޅެއްގެ އިތުރުން ފަސް ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައިވެއެވެ. އަދި އޭގެ ކުރިން 2024 ވަނަ އަހަރުގެ މޭ އަދި އޮގަސްޓް މަހުގެ ތެރޭގައި ރައީސްގެ ދެކަނބަލުން ބޭސްފަރުވާއަށްވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ