ރައީސްގެ ހަފުތާގެ ނޫސްވެރިންގެ މިއަދުގެ ބައްދަލުވުން ކެންސަލްކޮށްފި

ރައީސްގެ ހަފުތާގެ ނޫސްވެރިންގެ މިއަދުގެ ބައްދަލުވުން ކެންސަލްކޮށްފި

Author
އަހުމަދު
18 މެއި 2026 09:50
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ހޯމަ ދުވަހަކު ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުން، ސަބަބެއް ހާމަކުރުމެއް ނެތި މިއަދު ކެންސަލްކޮށްފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރުމަށް ނޫސްވެރިންނަށް އެންގުމަށްފަހު، ބައްދަލުވުން ނޯންނާނެކަން ރައީސް އޮފީހުން އަންގާފައިވަނީ މިއަދު ހެނދުނުއެވެ. ނަމަވެސް މި ބައްދަލުވުން ކެންސަލްކުރި ވަކި ސަބަބެއް މެސެޖުގައި ބުނެފައެއް ނުވެއެވެ.

ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ރައީސް ހަމަޖެއްސެވީ، މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ. އަދި މި އުސޫލުގެ ދަށުން މިދިޔަ މާޗު މަހުން ފެށިގެން އަންނަނީ މި ބައްދަލުވުންތައް ބާއްވަމުންނެވެ.

މީގެ ކުރިން މި ބައްދަލުވުންތައް މެދުކެނޑުނު ފަހަރެއްގައި، ރައީސް އޮފީހުގެ އޭރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ، ރައީސްގެ ޝެޑިއުލަށް ބަދަލެއް އަންނަ ފަދަ ކަމެއް ދިމާނުވާހާ ހިނދަކު ގަވާއިދުން މި ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ބައްދަލުވުން ނުބޭއްވޭނީ ރައީސް ދަތުރުފުޅެއްގައި އުޅުއްވުން، ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ކަމެއް މެދުވެރިވެގެން ކަމަށް އޭރު އޮތީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.