އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
12 މެއި 2026 03:58
0

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 3 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

އީސީއަށް އާ މެމްބަރަކު ހޯދުމަށް އިއުލާނުކޮށްފައި މިވަނީ، އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ޒާހިދު ވަކި ސަބަބެއް ހާމަކުރެއްވުމަކާ ނުލައި މިމަހުގެ 2 ވަނަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ޒާހިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އީސީއާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާއަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އެޗްއާރްސީއެމްގެ މަގާމުން އޭނާ ވަކިކުރީ ކުރީގެ ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމަށް ފާސްކުރުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.