ގއ.ދާންދޫ އާއި، ވިލިނގިލިން ޕޮޒިޓިވް ކޭސްތަކެއްފެނި މޮނިޓަރިންނަށް

ގއ.ދާންދޫ އާއި، ވިލިނގިލިން ޕޮޒިޓިވް ކޭސްތަކެއްފެނި މޮނިޓަރިންނަށް

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 10:16
0

ގއ.ދާންދޫ އާއި، ވިލިނގިލިން ޕޮޒިޓިވް ކޭސްތަކެއްފެނި  އެދަރަށް މޮނިޓަރިންނަށް ލައިފިއެވެ.

ހެލްތުއެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ވިލިގިއްޔާއި، ދާންދޫއިން ކޯވިޑް19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެދެރަށް މޮނިޓަރިންއަށް ލާފައިވާކަމަށެވެ. މި ކޭސްތަކަކީ ދެއްވަދޫ ކްލަސްޓާގެ ތެރޭގައި ހިމެނޭ ކޭސްތަކެއް ކަމުގައި އެޗްއީއޯސީން ވިދާޅުވެއެވެ. އަދި މިހާރު ކޮންޓެކްޓް ޓްރައިސިންގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

ވިލިގިނލިން ޕޮޒިޓިވް ވެފައިވަނި އެރަށު އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރެކެވެ. އަދި އެކުއްޖާ ފާއިތުވި ދުވަސްތަކުގައި ސްކޫލަށް ގޮސްފައިވާ ކަމަށާއި އެހެން ކަމުން ގިނަ ދަރިވަރުންނާއި ޓީޗަރުންތަކަކާ ވެސް ކޮންޓެކްޓް ވެފައިވާތީ މިހާރު ސްކޫލު ވަނީ މިހާރު ބަންދުކޮށްފައެވެ. ދާންދޫއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 2 މީހުންނެވެ. ދާންދޫއާއި ވިލިގިނލީގައިވެސް ކޮންޓެކްޓް ޓްރައިސިންގެ މަސައްކަތް ދަނީ ކުރަނުންނެވެ.

އެޗްއީއޯސީން ވިދާޅުވީ މި ކޭސްތަކާއި ގުޅުންހުރި މައުލޫމާތު މިރޭގެ ޕްރެސްގައި ދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.