ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

Author
އަހުމަދު
01 މެއި 2026 11:08
0

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޕްޑޭޓްކުރެވިފައިވާ ލިސްޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގެ އިތުރުން އެ ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. އޮންލައިންކޮށް ލިސްޓު ބެލުމުގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ އަވަށު އޮފީހުންވެސް އާންމުކޮށް ފެންނާނެހެން މި ލިސްޓު ބަހައްޓާފައި ހުންނާނެއެވެ. މީގެ އިތުރުން، އަމިއްލަ ފޯނުން 1414 އަށް އެސްއެމްއެސްއެއް ފޮނުވައިގެންވެސް ރަޖިސްޓަރީވެފައިވާ ތަން ޗެކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މެސެޖު ކުރާނީ "VR" ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، އައިޑީކާޑު ނަންބަރު ޖެހުމަށްފަހުގައެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ކުރިއަށްދާނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށެވެ. ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓަރީގައިވާ މައުލޫމާތެއް ބަދަލުކުރަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންޖެހޭނެކަމަށް އެ ކޮމިޝަނުން އަންގާފައިވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.