16 ދުވަހުގެ ބަންދަކަށްފަހު، މި އަހަރުގެ ދިރާސީ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ފުރަތަމަ ޓާމުގެ ބަންދު ނިންމައި ސްކޫލްތައް މިއަދު ހެނދުނު ހުޅުވުނުއިރު، ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ކިޔެވުމަށް ހާޒިރުވެފައެވެ. ދަރިވަރުން ފުރަތަމަ ޓާމު ނިންމާލައި ބަންދަކަށް ދިޔައީ ޖުލައި 16 ގައެވެ. މިނިވަން ދުވަހުގެ ބަންދާ އެކު، ދަރިވަރުންނަށް ޖުމުލަ 16 ދުވަހުގެ ބަންދެއް، ދެ ހަފުތާއަށްވުރެ ކުޑަކޮށް ދިގު ބަންދެއް ލިބުނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 84،000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލްތަކުގައި ކިޔަވަމުންދާއިރު، އެ ދަރިވަރުންނަށް 9،000 އަށްވުރެ ގިނަ ޓީޗަރުން ކިޔަވައިދެއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގައެވެ. އަހަރީ ބަންދު ދަރިވަރުންނަށް ލިބޭނީ ޑިސެމްބަރު 18 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ 12 އަށެވެ.
ކޮމެންޓު ފޮނުވާ