އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގައި ވެސް އިތުރު ކްލަސްޓާއެއް، މިއަދު 27 މީހުން ޕޮޒިޓިވް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގައި ވެސް އިތުރު ކްލަސްޓާއެއް، މިއަދު 27 މީހުން ޕޮޒިޓިވް

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 10:20
0

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގައިވެސް އިތުރު ކްލަސްޓާއެއް އުފެދި މިއަދު އެކަނިވެސް 27 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފައިވަނީ މިއަދު ޕޮސިޓިވް ވި 59 މީހުންގެ ތެރެއިން 27 މީހުން ޕޮސިޓިވް ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ކަމަށެވެ. މިރަށުން ޕޮސިޓިވްވެފައިވާ އެންމެންނަކީ ސްޓާފުން ކަމަށް އެޗްއީއޯސީން ބުނެއެވެ.

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ ކްލަސްޓާރ:

3 ޖެނުއަރީ : ބިދޭސީ ސްޓާފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީ.ސީ.އާރު ޓެސްޓް ޕޮސިޓިވް ވުމުން، މިކޭސް އާއި ގުޅިގެން 8 ކޮންޓެކްޓުން ކަރަންޓީންކުރެވުނު.

11 ޖެނުއަރީ : ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 4 ސްޓާފުން ޕޮސިޓިވް ވުން. (ފުރަތަމަ ކޭސްގެ ކޮންޓެކްޓްސް އެއް ނުހިމެނޭ)

13 ޖެނުއަރީ : 12 ޖެނުއަރީގައި ރެންޑަމް ސާމްޕްލިންގ އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލް ވަނީ ޕޮސިޓިވްވެފައި. މީގެ އިތުރުން މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 8 ސްޓާފުން ވަނީ ޕޮސިޓިވް ވެފަ.

މި އަދަދުތަކާއިކު މިހާތަނަސް މި ރިސޯޓުން ޖުމްލަ 32 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ރިސޯޓުތަކުގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ ފަތުރުވެރިކަމުގެ ދާއިރާއަށް މިކަމުގެ ނުރަނގަޅު އަސަރުކޮށްފާނެތީ ޓުވަރިޒަމް މިނިސްޓްރީއާއި، އެޗްޕީއޭއިން ދަނީ އިތުރު ފިޔަވަޅުތައް އަޅަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.