މެއި މަހު ޗައިނާއިން ތެޔޮ ވިއްކާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި

މެއި މަހު ޗައިނާއިން ތެޔޮ ވިއްކާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި

Author
އަހުމަދު
30 އޭޕްރިލް 2026 01:13
0

ކުރިއަށް އޮތް މެއި މަހު ޗައިނާއިން ތެޔޮ ވިއްކުމަށް ހުއްދަދީފައިވާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ނޫސް އެޖެންސީއެއް ކަމަށްވާ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެޓްރޯލާއި ޑީސަލް އަދި ޖެޓް ފިއުލް ހިމެނޭހެން ޖުމްލަ ފަސްލައްކަ މެޓްރިކް ޓަނުގެ ތެޔޮ ވިއްކުމަށް ޗައިނާއިން ދަނީ ތައްޔާރުވަމުންނެވެ. ޗައިނާއިން ތެޔޮ ގަތުމުގެ ފުރުސަތު ރާއްޖޭގެ އިތުރުން ދެން ދީފައިވަނީ ސްރީލަންކާ، ބަންގްލަދޭޝް، މިޔަންމާ، ކެމްބޯޑިއާ، ލާއޯސް، ނިއުޒީލެންޑް އަދި އޮސްޓްރޭލިއާއަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތެޔޮ ހޯދުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. މީގެ ކުރިން ދިވެހި ސަރުކާރުންވެސް ވަނީ، މެދުއިރުމަތިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަސްތަކެއް އެޅިއްޖެ ހާލަތެއްގައި އެހެން ގައުމުތަކުން ތެޔޮ ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަން ހާމަކޮށްފައެވެ. ނަމަވެސް އެއިރު އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ކޮން ގައުމުތަކަކާ އެކުކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.