ލ. ހިތަދޫގައި މަސް ހިފަން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ

ލ. ހިތަދޫގައި މަސް ހިފަން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ

Author
ހުސައިން
22 އޭޕްރިލް 2026 12:10
0

ލ. ހިތަދޫގައި މިއަދު މަސް ހިފަން މޫދަށް އެރި އުޅުނު 21 އަހަރުގެ ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު އަމާން، އަޙްމަދު ހަމްޒާން އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި، ހަމްޒާން ގެނބިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 15:42 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި އޭނާ މޫދަށް ފޭބީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއެކުގައެވެ.

ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާއިރު، ހަމްޒާން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށް މަރުކަޒުން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.