މާލޭގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީކުރި ކަނބާ އައިސާ ރަނިހިނގުމުގެ ފޮޓޯއެއް ދެން އެންމެ އަވަހަށް ވަރޭ ވެހޭ ދުވަހަކު ނަގަން ވަޑައިގެންނެވުމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒަށް، އާރުޑީސީގެ އެމްޑީޕީ މޫސާ އަލި މަނިކު ދައުވަތު ދެއްވައިފިއެވެ.
ކަނބާއައިސާ ރަނި ހިނގުން އެންމެފަހުން ހެދިފަހުން މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑު ވެފައިވާކަމަށްބުނެ ޑރ.މުއިއްޒު ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ ދެން އެންމެ އަވަހަށް ވެހޭ ދުވަހަކުން ރަނގަޅު ފޮޓޯއެއް ނަންގަވައި ތަޖުރިބާ ކޮށްލުމަށް މުއިއްޒުއަށް ދައުވަތު ދެއްވާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މާލޭގެ މަގުތައް ހަދާއިރު، ހޮޅިތައް އަޅަނީ ބިމުގެ އަޑިން ކަމަށާއި، ފެންނަ ގޮތަށް ހޮޅި އަޅައި މަގުހެެދުމަކީ ސަރުކާރުން އެހާ ތާއީދު ކުރާކަމެއް ނޫންކަމަށެވެެ.
ދެން ވެހޭ ދުވަހަކުން ވަޑައިގަންނަވާތި ފޮޓޯއެއް ނަންގަވާލާ އަމަލީ ތަޖުރިބާ ހޯއްދަވާލަން. އަޅުގަނޑުމެން ހޮޅިތައް އަޅަނީ މަގުގެ އަޑީގަ. އެހެންވެ ފެންނަން ހުންނަނީ އިގޭތޯ.
– މޫކޭ ވިދާޅުވިއެވެ.
Dhen vehey dhuvahakun vadainnavaathi photo eh nangavaalaa amalee thajuribaa hoadhavaalan. Alhugandumen holhithah alhanee maguge adeega. Ehenve fennan nuhunnanee ingeytho. ? https://t.co/hIql67gkSq
— Moosa Ali Manik ?? (@VMookey) January 13, 2021
ކަނބާ އައިސާރަނި ހިނގުން ހަދިފަހުން ފެންބޮޑުވުނާކަމަށް ބުނެ މާލެ ސިޓީގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ދަނީ ބުނަނުންނެވެ. ނަމަވެސް އިދިކޮޅު ވަނީ އެ މަގުގައި ފެންބޮޑުވެފައި ވަނިކޮށް ފޮޓޯއެއް ހިސްސާކޮށްފައެވެ. އެފޮޓޯއިން އެއީ ފަހުން މަގު ހަދާފައިވަނިކޮށް ކަމެއް ނޫނީ އޭގެ ކުރިން ނެގި ފޮޓޯއެއްކަމެއް ސާފުވާ ގޮތެއްނުވެއެވެ. އެހާވެސް ބޮޑަށް އެމަގުމައި ފެންބޮޑުވެފައިވާ މަންޒަރު ދައްކުވައިދޭ އެފޮޓޯއާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެފައިވަނީ އެއީ މާ ކުރީގެ ފޮޓޯއެއް ކަމަށެވެ.
ކަނބާ އައިސާރަނި ހިނގުމުގެ ބައެއް ތަރައްޤީކޮށް ސަރުކާރުން ވަނީ އެމަޝްރޫޢުގެ ނިމުން ފާހަގަކޮށްފައެވެ. މާލޭ ރޯޑްސްކޭޕިންގްގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނިހިނގުން ޚާއްޞަ ހިނގާލުމަކުން ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ