ވޯޓު އެއްވަރުވި 5 ދާއިރާއެއްގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ފަށަނީ

ވޯޓު އެއްވަރުވި 5 ދާއިރާއެއްގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ފަށަނީ

Author
ހުސައިން
18 އޭޕްރިލް 2026 12:16
0

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިޚާބުގައި ވޯޓު އެއްވަރުވި ފަސް ދާއިރާއެއްގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދޭ ގޮތުގައި، މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް މި ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ، ފުރަތަމަ ބުރުގައި އިންތިޚާބުކުރަން ކަނޑައެޅިފައިވާ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ހަމަހަމައަށް ވޯޓު ލިބުމާ ގުޅިގެންނެވެ.

މާދަމާ ވޯޓުލުން ކުރިއަށްދާނީ މައިގަނޑު ފަސް ސަރަޙައްދެއްގައެވެ. އެއީ ކައުންސިލް އިންތިޚާބުގެ ބ. ދޮންފަނާއި ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއަށް މެންބަރުން ހޮވުމަށާއި، ޑަބްލިއުޑީސީ އިންތިޚާބުގެ ހއ. ކެލާގެ ކޮމިޓީގެ ރައީސް ހޮވުމުގެ އިތުރުން، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރުމަށެވެ.

މި އިންތިޚާބާ ގުޅިގެން ކެމްޕެއިން ކުރުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އަށް ވަނީ މަނާކޮށްފައެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އާދިއްތަ ދުވަހު އިޢުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.