ފާއިތުވި ދެ ހަފްތާގެ ތެރޭގައި މާލެއިން ވަގަށް ނަގާފައިވާ ދޮޅު މިލިއަނެއްހާ ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި ހޯދާފައިވަނީ މާލޭގެ ތިން ޕޮލިސް ސްޓޭޝަނަކުން ގުޅިގެން ކުރި ޚާއްޞަ މަސައްކަތްތަކެއްގެ ތެރެއިންނެވެ. އެގޮތުން މި މަސައްކަތްތަކުގެ ތެރެއިން ޖުމްލަ 1،461،315 ރުފިޔާގެ އަގުހުރި ތަކެތި މިހާތަނަށް ވަނީ އަނބުރާ ހޯދިފައެވެ.
މީގެ ތެރެއިން އެންމެ ގިނަ ތަކެތި ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން އެކަނިވެސް 710،406 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، ހެންވޭރު ޕޮލިސް ސްޓޭޝަނުން ވަނީ 490،286 ރުފިޔާގެ ތަކެތި ހޯދާފައެވެ. މި އޮޕަރޭޝަންތަކުގެ ދަށުން ގިނަ އަދަދެއްގެ މުދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީ ނަމަވެސް، ވަގަށް ނަގައިގެން ހޯދި ތަކެތީގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ