ބީއެމްއެލް އާއި ވީރަން މޯލްޑިވްސް ގުޅިގެން ކޯޕަރޭޓް ރަންއެއް ބާއްވަނީ

ބީއެމްއެލް އާއި ވީރަން މޯލްޑިވްސް ގުޅިގެން ކޯޕަރޭޓް ރަންއެއް ބާއްވަނީ

Author
ހުސައިން
16 އޭޕްރިލް 2026 01:02
0

ދުޅަހެޔޮ ސިއްހަތަކާއި އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި "ވީރަން މޯލްޑިވްސް" ގުޅިގެން ކޯޕަރޭޓް ރަންއެއް ބޭއްވުމަށް ޕާޓްނަރޝިޕް އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މި ދުވުން އިންތިޒާމުކޮށް ކުރިއެރުވުމަށް ބީއެމްއެލް އިން ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ޕާޓްނަރޝިޕްގެ ދަށުން ބާއްވާ ފުރަތަމަ ދުވުން މިއަހަރުގެ ތެރޭގައި އޮންނާނެއެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ފެށި މުހިންމު ހަރަކާތެކެވެ.

ރާއްޖޭގެ އެކި އޮފީސްތަކަށާއި ޖަމާއަތްތަކަށް ހާއްސަކޮށްގެން ބާއްވާ މި ކޯޕަރޭޓް ރަން ފަރުމާކޮށްފައިވަނީ ޝައުގުވެރި ރިލޭ ރޭހެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭއިރު، ކޮންމެ ބައިވެރިއަކުވެސް 1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭނެއެވެ. މިއީ ކުޅިވަރުގެ ވާދަވެރި ރޫހާއެކު ޓީމްވޯކް ވަރުގަދަކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ގައުމީ ފެންވަރުގެ ގިނަގުނަ ޕްރޮޖެކްޓްތަކަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޕާޓްނަރޝިޕަކީވެސް އެ އަމާޒުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.