ލައިޓު ހަދަން ކަމަށް ބުނެ ފްލިކް ނައިފެއް ގެންގުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައިޓު ހަދަން ކަމަށް ބުނެ ފްލިކް ނައިފެއް ގެންގުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Author
އަހުމަދު
12 އޭޕްރިލް 2026 09:17
0

ނުރައްކާތެރި ބާވަތުގެ ވަޅިއެއް ގެންގުޅުނު 35 އަހަރުގެ ދިވެހި ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ މުއްގަނޑު ތެރެއަށް ތިލަ ލައްޕައިލެވޭ ގޮތަށް ހުންނަ ބާވަތުގެ ވަޅިއެއް ކަމަށްވާ 'ފްލިކް ނައިފް' އެއް ގެންގުޅުމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ، އެ ވަޅި ގެންގުޅުނީ ސީލިންގުގައި ހުރި ލައިޓެއް މަރާމާތު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވަނީ، ލައިޓު މަރާމާތުކުރުމަކީ އެފަދަ ވަޅިއެއް ގެންގުޅުމަށް އޮތް އެކަށީގެންވާ މަގުބޫލު ސަބަބެއް ކަމަށް ނުފެންނަ ކަމަށެވެ. މީގެ އިތުރުން، އޭނާގެ ހައްޔަރާއި ބަންދުގެ ލޮގަށް ބަލާއިރު، ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރިންވެސް އޭނާގެ މައްޗަށް ކުރެވިފައިވާކަން އެނގެން އޮތްކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.